ޤައުމީ ދިފާޢީ ބާރުގެ “ކޮމާންޑަރސް ކޮންފަރެންސް 2024” ބާއްވައިފި

Fri, 18 Oct 2024 08:38 PM

View on this article on Huvadhoo News

ޤައުމީ ދިފާޢީ ބާރުގެ “ކޮމާންޑަރސް ކޮންފަރެންސް 2024” ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ “ކޮމާންޑަރސް ކޮންފަރެންސް 2024” ބާއްވައިފިއެވެ.

އޮކްޓޫބަރު 16 އަދި 17 މި ދެ ދުވަހު، ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ކޮންފަރެންސް ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައެވެ.

އެ ކޮންފަރެންސް، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ފައްޓަވައިދެއްވިއިރު، ކޮންފަރެންސްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސަރވިސްތަކުގެ ކޮމަޑާންޓުންނާއި، އޮޕަރޭޝަނަލް ކޮމާންޑްތަކުގެ ކޮމާންޑަރުންނާއި، ޖޮއިންޓް ޑައިރެކްޓްރޭޓްތަކުގެ ޕްރިންސިޕަލް ޑައިރެކްޓަރުން، އަދި ކާނަލް ރޭންކުން ފެށިގެން މަތީ ސިފައިން ބައިވެރިވެލެއްވިއެވެ.

ކޮމާންޑަރސް ކޮންފަރެންސަކީ، ސިފައިންގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިދާރީ އަދި އޮޕަރޭޝަނަލް މުހިންމު ކަންކަމާއި، ސިފައިންގެ މުއައްސަސާ ކުރިއެރުވުމަށް ޓަކައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ސިފައިންގެ އެންމެހާ ކޮމާންޑަރުންނާއި ޙިއްޞާކޮށް، ސިފައިންގެ އެންމެހާ ސަރވިސްތަކާއި، ކޮމާންޑްތަކާއި، އަދި ޑައިރެކްޓަރޭޓްތަކުން ހިންގާ އެންމެހާ މަސައްކަތްތައް ސިންކްރޮނައިޒް ކުރުމުގެ ބޭނުމުގައި ބާއްވާ ކޮންފަރެންސެކެވެ.





More from Huvadhoo News