ތިމާވެށްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފުކުރަން ނިންމައިފި

Fri, 18 Oct 2024 10:28 AM

View on this article on Huvadhoo News

ތިމާވެށްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފުކުރަން ނިންމައިފި

ތިމާވެށްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފުކުރަން ނިންމާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.



މިކަން ހާމަކުރެއްވީ ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިމާވެށްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ.

ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެށްޓާ ރައްޓެހި ދުއްވާ ތަކެތި ރާއްޖެއަށް ތައާފުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ބައިކް ޝެއަރިންގ ސްކީމެއް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ތިމާވެށްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ވަރަށް އަވަހަށް އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމަށްޓަކައި ސޯލާ ޗަރޖިންގ ސްޓޭޝަންތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މިކަމަށް ބޭނުންވާ ދިރާސާގެ މަސައްކަތް މިހާރު ނިމި، ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.



More from Huvadhoo News