ބައެއް ރަށްރަށަށް އުދަ އަރާނެކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި

Fri, 18 Oct 2024 10:11 AM

View on this article on Huvadhoo News

ބައެއް ރަށްރަށަށް އުދަ އަރާނެކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އިލްތިމާސްކޮށްފިއެވެ.



މިއަދު ހަވީރު 18:00 އަށް މޫސުން ލަފާކުރާ ގޮތް ހާމަކޮށް އާންމުކުރި މައުލޫމާތުގައި މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވި ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 12 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާ ދެމެދުއެވެ.



More from Huvadhoo News