ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Wed, 16 Oct 2024 04:34 PM

View on this article on Huvadhoo News

ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތެލެސީމިއާ އެންޑް ހެމޮގްލޮބިނޯޕަތީސް ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފި އެވެ.



ހުޅުމާލޭ ފޭސް 2 ގައި އަޅާ މި ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރޕްލޭން   އިފްތިތާހުކުރުމަށް ރޭ ކްރޮސްރޯޑްސް ގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ތެލެސީމިއާ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަކޮށް އިމާރާތްކުރާ ހޮސްޕިޓަލް އެޅުމުގެ އިންޖިނިއަރިންގ އާ ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކަޝަން އެއްބަސްވުމުގައި  ހެލްތު މިނިސްޓްރީގެ ފަރަތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. މެޑޯ އޭޝިއާ ގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސްޓުއާޓް ޖޭ ވެނަރ ޕެކްގެ އެވެ. ޗިން ހިން އިންޖީނިއަރިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރޮޖަރ ލިމް ސްވީކިއެޓްއެވެ. ހޮސްޕިޓަލު އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސައިނޯމާ އިންޖީނިއަރިންގ އިންޑަސްޓްރީގެ ފަރާތުންނެވެ. ސައިނޯމާ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ލިއު ޓާއޯއެވެ.

ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 72،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް، ލެބޯޓްރީއާއި ވޯޑްތަކުގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި އައިސީޔޫ އަދި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމާއި، ގުނަވަން ބަދަލުކުރުމާއި ބޯންމެރޯއަށް ޓްރާންސްޕްލާންޓް ޔުނިޓެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ހޮސްޕިޓަލެކެވެ. މީގެ އިތުރުން ޖެނެޓިކް ސްކްރީނިންގ، ކައުންސެލިން ޚިދުމަތްވެސް މި ހޮސްޕިޓަލް ތަރައްޤީ ކުރެވޭއިރު ލިބިގެންދާނެއެވެ.

ތެލެސީމިއާ ކުދިންނަށް ފަރުވާދޭނެ ޚާއްސަ ހޮސްޕިޓަލެއް މިދައުރުގެ ތެރޭގައި ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ގެ ވަޢުދެކެވެ.

 

 



More from Huvadhoo News