ގައިޑްލައިން އޮން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓަށް ޚިޔާލު ފާޅުކުރުމަށް ހުޅުވާލައިފި

Wed, 16 Oct 2024 02:23 PM

View on this article on Huvadhoo News

ގައިޑްލައިން އޮން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓަށް ޚިޔާލު ފާޅުކުރުމަށް ހުޅުވާލައިފި

ގައިޑްލައިން އޮން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް (ސީޕީޑީ) އަށް އާންމުންގެ ޚިޔާލު ފާޅުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ އިމާރާތްކުރުމުގެ ގާނުގެ ދަށުން އެކުލަވާލައިފައިވާ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދުގެ ދަށުން ގައިޑްލައިން އޮން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް (ސީޕީޑީ) ގެ ދެލިކޮޕީއެއް އެކުލަވާލައިފައިވާ ކަމަށެވެ.

މި ގައިޑްލައިނަކީ ލައިސަންސްޑް އާކިޓެކްޓުންނާއި ލައިސަންސްޑް އިންޖިނިއަރުންނާއި ބިލްޑިންގ އިންސްޕެކްޓަރުން ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް (ސީޕީޑީ) ހާސިލުކުރަންޖެހޭ މިންގަނޑު ބަޔާންކޮށްފައިވާ ގައިޑްލައިނެކެވެ.

މިނިސްޓްރީން ބުނީ އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ ސީޕީޑީއަށް ޚިޔާލު ފާޅުކުރުމަށް އާންމުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ގައިޑްލައިންގެ ދެލިކޮޕީއަށް ގެންނަން ފެންނަ ޚިޔާލެއް ނުވަތަ ލަފައެއްވާނަމަ އެ މިނިސްޓްރީގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނުގެ އީމެއިލް [email protected]  އަށް މި މަހުގެ 29 ގެ ކުރިން ފޮނުވުމަށް ވަނީ އެދިފައެވެ.





More from Huvadhoo News