ރަނގަޅިއްޔާ ސަނާ ކިޔަންވާނެ، ސަރުކާރުގެ އިގްތިސާދީ އެޖެންޑާ މެމްބަރު މައުރޫފަށް ބަރާބަރު!

Wed, 16 Oct 2024 01:40 PM

View on this article on Huvadhoo News

ރަނގަޅިއްޔާ ސަނާ ކިޔަންވާނެ، ސަރުކާރުގެ އިގްތިސާދީ އެޖެންޑާ މެމްބަރު މައުރޫފަށް ބަރާބަރު!

ރައްޔިތުން ތިބީ އުފަލުން ހެވިދިއްލިފައި. ސަރުކާރުން މި ގެންނަ ބަދަލުތަކަށް، އިންތިހާއަށް ޓޫރިޒަމް އިންޑަސްޓްރީގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން އެބަ މަރުހަބާ ކިޔާ.



މިއީ މިއަދުގެ ސަރުކާރާއި އެންމެ އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު، މިއަދުގެ ޖަލްސާގެ ބަހުސްގެ ވަގުތުގައި ދެއްކި ވާހަކަައިގެ ތެރެއިން ތަންކޮޅެކެވެ.

ގޯހިއްޔާ ފާޑު ކިޔާ އުސޫލުން، ރަނގަޅު ކަމެއްކޮށޤފި ނަމަ ސަނާވެސް ކިޔަންވެސް ޖެހޭނެއެވެ. ހަމައެބީދައިން ސަރުކާރުގެ އިގްތިސާދީ އެޖެންޑާ  ރިފޯމް ކުރުމަށް މިހާރު އަޅުއްވަމުންގެންދަވާ ފިޔަވަޅު ތަކަކީ މިހާރުން މިހާރަށް ކޮންމެހެންވެސް އަޅަންޖެހޭ މަޖުބޫރު ފިޔަވަޅުތަކެވެ.

ރާއްޖޭގެ އެކިއެކި ވެރިންގެ ސަރުކާރު ތަކުގައި ނަގާފައިވާ ލޯންތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑުބައި މިއަންނަ 2026 ވަނަ އަހަރު ދައްކަންޖެހުމަކީ މިއަދުގެ ރައީސުލް ޖުމްހުރިއްޔާގެ ބޮލުގައި އެޅިފައިވާ އެންމެބޮޑު އެއްގޮންޖެހުމެމެވެ.

ދަރަނި ނުދެއްކިއްޖެ ނަމަ އަވަށްޓެރި ސްރީލަންކާއަށް ޖެހުނު ހާލު ރާއްޖެއަށް ޖެހޭނެކަން އެއީ ކަށަވަރު ކަަމަކެވެ. އެއީ މުޅި ރައްޔިތުންނާއި ގުޅިފައިވާ ބޮޑު މައްސަލައެކެވެ. އެކަންކަމުން އަރައިގަންނަށް އާންމު ނިކަމެތި ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ފަދައިން ޓެކުހާއި އެނޫންވެސް ބަދަލުތައް ރާއްޖޭގެ މާލީ ނިޒާމަށް ގެނައުމަށް ސަރުކާރުން މަސައްކަތް ސަރުކާރުން މިވަނީ ފަށައިފައެވެ.

މި އަހަރު އެއްކޮށް މި ދުއްވާލަނީ ގާނޫނުތައް ބަދަލުކޮށްގެން ދައުލަތުގެ އާއްދަނީ އިންތިހާއަށް އިތުރު ކުރަން“

މިބަދަލުތައް ގެންނަމުން ދަނީ ކަމާއި ގުޅުންހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުންގެ ލަފާގެ މަތިންނެވެ. މިއީ ނުރުހުނީމާ ފާޑު ކިޔަންޖެހޭ ސަބަބެއް ނޫނެވެ. ރަނގަޅު ކަމެއް އިހްލާސްތެރިކަމާއި އެކު ކޮށްފިނަމަ ސަނާ ކިޔަންވާނެއެވެ. ހިތްވަރުދީ މަސައްކަތުގައި ބައިވެރިވެސް ވާންވާނެއެވެ.

ސަރުކާރުން މި ގެންނަ ބަދަލުތަކަށް، އިންތިހާއަށް ޓޫރިޒަމް އިންޑަސްޓްރީގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން އެބަ މަރުހަބާ ކިޔާ. މި ބަދަލުތަކާއެކު އިރާދަލުރެއްވިއްޔާ ދިވެހިރާއްޖެ އައު އުސްމިންތަކަކަށް ގޮސް، ދިވެހިން ބޭނުންވާ ތަރައްގީ، އަންނަ އަހަރު ނިމެންވާއިރަށް ލިބޭނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން“

މިއީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުގެ ބަހެވެ. އަދި ސަރުކާރުގެ ބިލު ތަކަށް ތާއީދު ކުރެވޭތޯ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށާ، އަދި އޭނާއަށް ވީ މިންވަރަކުން އެ ބިލުތައް ޕްރޮމޯޓްކޮށް އެ ގެންނަ ހެޔޮ ބަދަލުތަކާމެދު ރައްޔިތުންނަށް ވިސްނައިދެއްވައި ބިލުތަކަށް ވަކާލާތު ކޮށްދެއްވާނެ ކަމަށް މައުރޫފް ވިދާޅުވުމަކީ ސަރުކާރުން މިގެންނަމުންދަނީ ހެޔޮ ބަދަލުތަކެއްކަން ޔަގީންވުމެވެ.



More from Huvadhoo News