868 އެތްލީޓުންނާއި އެކު، ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ފަށަނީ

Wed, 16 Oct 2024 12:40 PM

View on this article on Huvadhoo News

868 އެތްލީޓުންނާއި އެކު، ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ފަށަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް އަދި އެންމެ ދުވަސްވީ އެއް މުބާރާތް ކަމަށްވާ، މަކިޓާ 15 ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް އަންނަ ހޮނިހިރު ދުވަހު ފުވައްމުލަކު ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.



މިއީ ރާއްޖޭގެ ސްކޫލުތަކަށާއި ކުލަބު ޖަމިއްޔާތަކަށް ޙާއްސަކޮށްގެން އެތްލެޓިކްސް އެސޯސިއޭޝަނުން ބާއްވާ މުބާރާތެކެވެ. މިފަހަރު މުބާރާތް ހޯސްޓް ކުރުމުގެ ބިޑް ކާމިޔާބު ކުރީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. މިފަހަރު މުބާރާތާއި އެކު އެސިޓީ ވެގެންދާނީ މަކިޓާ އެތްލެޓިކްސް މުބާރާތްތައް އެންމެ ގިނައިން ބާއްވާ ސިޓީގެ ގޮތުގައެވެ.

މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމްތަކުން ފޯއްމުލަކު ސިޓީއަށް މަރުހަބާ ދަންނަވަނީ- ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

މިފަހަރުގެ މުބާރާތުގައި 29 ޓީމަކުން 868 އެތްލީޓުން ވާދަކުރާނެއެވެ. މިފަހަރުގެ މުބާރާތް ވެގެން ދާނީ އެހެން މުބާރާތްތަކާއި އަޅާބަލާއިރު އިންތިޒާމްތައް ރަނގަޅު މުބާރާތެއްގެ ގޮތުގައެވެ. އަދި މިފަހަރުގެ މުބާރާތައް ފުވައްމުލަކު ސިޓީވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

މިމަހުގެ 19 އިން 23 އަށް ކުރިއަށްދާ މި މުބާރާތުގައި ގއ ގދ ގެ ގިނަ ސްކޫލުތަކުން ބައިިވެރިވެފައިވާ މިހާރު ގިނަ ސްކޫލުތަކުން ވަނީ ފުވައްމުލަކު ސިޓީގައި ކޭމްޕްކޮށްފައެވެ. އެތްލެޓިކްސް މުބާރާތް ތަކަކީ ރާއްޖޭގެ ގިނަ ސުކޫލުތަކުން ޝައުގުވެރިކަމާއި އެކު އަބަދުވެސް ބައުވެރިވަމުންދާ މުބާރާތްތަކެވެ.



More from Huvadhoo News