ޕޮލިޓެކްނިކުން ގައްދޫގައި އަތްތެރި މަސައްކަތްތަކާ ގުޅޭ ކޯސްތައް ފަށަނީ

Wed, 16 Oct 2024 06:26 PM

View on this article on Huvadhoo News

ޕޮލިޓެކްނިކުން ގައްދޫގައި އަތްތެރި މަސައްކަތްތަކާ ގުޅޭ ކޯސްތައް ފަށަނީ

މޯލްޑިވިސް ޕޮލިޓެކްނިކްގެ ގދ.ގައްދޫ ކެންޕަސްގައި އަތްތެރި މަސައްކަތްތަކާއި ގުޅޭ ކޯސްތަށް ފެށުމަށް ޕޮލިޓެކްނިކުން ތައްޔާރުވަމުން އަންނަކަމަށް ޕޮލިޓެކްނިކުން ވިދާޅުވެއްޖެއެވެ.



ދާދިފަހުން ގދ. ގައްދޫ އަދި ގއ. ވިލިގިއްޔަށް ޕޮލިޓެކްނިކުން ވަނީ ޒިޔާރަތެއް ކޮށްފައެވެ. މި ޒިޔާރަތުގައި އެރަށްތަކުގެ ކައުންސިލްތަކާއި އ.ތ،މ، ކޮމެޓީތަކުގެ އިތުރުން ޖަމިއްޔާތަކާއި އާންމުންނާއި ބައްދަލު ކުރައްވާ، އެ ރަށްތަކުގެ ކެމްޕަސްތަކުގައި ކުރިޔަށް ގެންދާނެ ކޯސްތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާ، ހިޔާލު ބަދަލު ކުރައްވާފައެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން އެރަށްތަކުގައި ތިބި ތަފާތު ދާއިރާތަކުގެ ފަންނުވެރިން ދެނެގަނެ އެފަރާތްތަކާއިއެކު މަޝްވަރާކޮސްފައިވެއެވެ.

ލިޔެލާޖެހުމާއި، ކަސަބުން ބޯވަޅުއެޅުން ފަދަ ނެތެމުންދާ ސަޤާފީ ފަންނުވެރިކަން ދިރުވުމަށް އަމާޒުކޮށް، ގދ. ގައްދޫގައި އަތްތެރިމަސައްކަތްތަށް ކުރަމުންދާ ފަރާތްތަކާއި އެބޭފުޅުންނާއި ގުޅިގެން، އެ ދާއިރާގެ ކޯސްތަށް، އެ ރަށުގެ ޕޮލިޓެކްނިކް ކެމްފަސްގައި ކުރިއަށް ގެންދިޔުމާމެދު މަޝްވަރާކުރިން، އެބޭފުޅުން ތިއްބެވީ އެ ހުނަރުތައް އުގަންނަވައިދެއްވަން ތައްޔާރަށް.

ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް”ދިވެހިންނަށް ޚާއްސަ” މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމާއި، ކަނޑައަޅާ ރަށްރަށުގައި ދަނާލުތައް ބިނާކޮށް ރަށްރަށުގައި ތިބެގެން އެކިބ ދާއިރާތަކުން މީހުން ބިނާކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން އެކަންކަން ހާސިލްކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ



More from Huvadhoo News