އިއްޒަތްތެރި ރައީސެވެ. ތިޔަ ސަލާމަތް ކޮށްދެވީ ގައުމުގެ މުސްތަގްބަލެވެ.

Wed, 16 Oct 2024 08:36 PM

View on this article on Huvadhoo News

އިއްޒަތްތެރި ރައީސެވެ. ތިޔަ ސަލާމަތް ކޮށްދެވީ ގައުމުގެ މުސްތަގްބަލެވެ.

އެކިއެކި ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރި އާންމުގެ ދިރިއުޅުމަށް ނުރަނގަޅު އަސަރުތައް ދަނީ ކުރަމުންނެވެ. ނޭގި ހުއްޓާ އެތައް ބޮޑެތި ބައްޔެއް ކުރިމަތިވެ ނުރައްކާތެރި އެތައް ދެރަކަންކަމެއްވެސް ދަނީ ކުރިމަތިވަމުންނެވެ. ފާއިތުވި ދުވަސްތަކުގައި ފެނުނީ ވޭޕް ކުރާ ޒުވާނުންގެ އަދަދު އިތުރުވެ މި ނުރައްކާތެރިވަބާ އަށް ހުށަހެޅިފައިވާ މިންވަރެވެ.



މި ނުރައްކާތެރި ވަބާއިން ގައުމުގެ މުސްތަގްބަލް ސަލާމަތް ކޮންމެހެން ކުރަންޖެހިފައިވަނިކޮށް ބެލެނެވެރިންގެ ފަރާތުން ރައިސުލްޖުމްހޫރިއްޔާއަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އަދި ޑޮކްޓަރުން ގެ ޖަމިއްޔާއިން ވެސް ޕެޓިޝަނެއް ހުށައަޅާފައިވަނިކޮށް ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް މުހިންމު ނިންމެވުމެއް ކަމަށްބެލެވެއެވެ. މި ނިންމުމުގެ ސަބަބަން އަންނަން އޮތްޖީލުގެ މުސްތަގްބަލަށް ކޮށާލެވުނީ އަލިމަގެކެވެ.

ރާއްޖެއަށް ސިގިރެޓި އެތެރެކުރާ މިންވަރާއި، އީ- ސިގިރެޓް ނުވަތަ ވޭޕް އެތެރެކުރާ އަދަދު ވަނީ އިތުރުވެފައެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ސަބަބުން އީ- ސިނގިރޭޓް އަދި ވޭޕް ވިއްކައިފި މީހަކު ނުވަތަ ހިލޭ ބަހައިފި މީހަކު ކޮންމެ ސްޓިކަކަށް ނުވަތަ އެއްޗަކަށް 20،000 ރުފިޔާއަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޑްރާފްޓުވެސް މިހާރު ވަނީ ކޮށްފައެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާއި ދުނިޔޭގައިވެސް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އޭގެ ތެރެއިން އެތައް ބައްޔަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތައް ހިމެނޭއިރު ސިއްޙީ އެކި މައްސަލަތައް މަގުފަހިކުރާކަމަށް ދިރާސަތަކުން ދައްކާ ކަމަށެވެ.
މިގޮތުން ދުންފަތުގައި ހިމެނޭ 250 މާއްދާއާއި ވިހައިގެ ތެރެއިން، 70 މާއްދާއަކީ، ކެންސަރަށް މަގުފައިވާ މާއްދާކަމަށެވެ. އަދި ދުންފަތުގެ ބޭނުން ނުކުރާ ފަރާތްތަކަށްވެސް، ދުމުގެ އަސަރުކޮށް ކުޑަކުދިންނަށް ނޭވާހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ފަދަ މައްސަލަތައް ދިމާވާކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ކަންމިހެން އޮއްވާ ރައީސްގެ މި ނިންމުން ރައްޔިތުން ބަލައިގަންނަނީ ވަރަށް ފުންކޮށެވެ. ރައްޔިތުންގެ އެތައް ތައުރީފެއް ރައީސަށްދަނީ އޮހެމުންނެވެ.



More from Huvadhoo News