އެމް.ޓީ.ސީ.ސީގެ މުވައްޒަފުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމް ފަށައިފި

Wed, 16 Oct 2024 06:14 PM

View on this article on Huvadhoo News

އެމް.ޓީ.ސީ.ސީގެ މުވައްޒަފުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމް ފަށައިފި

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް އެމް.ޓީ.ސީ.ސީގެ މުވައްޒަފުންނަށް ފަށައިފިއެވެ.



މި ޕްރޮގްރާމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސައުދީއެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު، ހެޑް އޮފް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް އަދި ހެޑް އޮފް އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމް ބައިވެރިވެލެއްވިއެވެ.

މި މަހު 15 އިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ތަފާތު މައުލޫމާތު ހިއްސާކުރާނެއެވެ.



More from Huvadhoo News