ތިނަދޫ ސިޓީގައި މިރޭ ހަވާ އެރުވުމާއިއެކު އުފާފާޅުކުރުމުގެ ބޮޑު ހަރަކާތެއް!

Sat, 27 Apr 2024 02:12 PM

View on this article on Huvadhoo News

ތިނަދޫ ސިޓީގައި މިރޭ ހަވާ އެރުވުމާއިއެކު އުފާފާޅުކުރުމުގެ ބޮޑު ހަރަކާތެއް!

ތިނަދޫ ސިޓީ ގައި މިރޭ ހަވާ އެރުވުމާއިއެކު އުފާ ފާޅުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.



މިހަރަކާތަކީ  20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ތިނަދޫ އުތުރު ދާއިރާއަށް އިންތހާބުވި ސައުދުﷲ ހިލްމީގެ ކެމްޕެއިން ޓީމުން ކުރިއަށް ގެންްދާ ހަރަކާތެކެވެ. ސައުދުﷲގެ ކެމްޕެއިން ޓީމުން ވަނީ ރޭގަ ސަޕްރައިޒް ޕާޓީއެއްވެސް ބާއްވާފައެވެ. އެގޮތުން ސައިކަލް ބުރެއް ކުރިއަށް ގެންގޮސް ރަތް ދޫލައިގައި ސައުދުﷲ ހަރުގެއާއި ހަމަޔަށް ގެންދިޔައިރު، ގިނައަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެފައި ވެއެވެ.

ޓީމް ސައުދުﷲ

މިރޭ އޮންނަ ހަވާއެރުވުމުގެ ހަރަކާތް ކުރިއަށް ގެންދަނީ 20:30 ގައެވެ. މި ހަރަކާތް ކުރިއަށްގެންދަނީ ތިނަދޫ ސިޓީގެ އުތުރު ފަރާތު ހިއްކި ސަރަހައްދުގައެވެ. މި ހަރާކާތުގައި ބައިވެރިވުމަށް ސައުދުﷲ ގެ ޓީމުންވަނީ އެ ސިޓީގެ ކުދި ބޮޑު އެެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މިރޭ އެ އަތޮޅު ގެމަނަފުށި ދާއިރާގަވެސް ހަވާއެރުވުން ކުރިއަށްދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއީ ވެސް މަޖިލިސް އިންތިހާބުގައި ވާދަކޮށް އަސަދުﷲ ޝިހާބަށް ޓިކެޓް ކަށަވަރު ވެފައިވާތީ އެކަމުގެ އުފަލުގައި ކުރިއަށްދާ ހަރަކާތެކެވެ. މި ދާއިރާގެ ހަވާއެރުވުން ކުރިއަށްދަނީ އެ ދާއިރާގެ ދެއްވަދޫގައެވެ.

މީގެ އިތުރުން ލ. އަތޮޅު ގައިވެސް މިރޭ ހަވާއެރުވުން ކުރިއަށްދެއެވެ. މިގޮތުން ލ. ފޮނަދޫ ދާއިރާއަށް އަބަދުއްރަހީމް އަބްދުﷲ އިންތިހާބުވެފައިވާތީ ވަނީ ރެލީއެއްވެސް ބާއްވާފައެވެ. އެ ސައިކަލް ބުރުގައި އެ ދާއިރާގެ ކުދިބޮޑު އެންމެން ބައިވެރިވެއެވެ.

ލާމު އަތޮޅުގެ ތިން ދާއިރާއިން ޕީއެންސީގެ ކެނޑިޑޭޓުން ވަނީ މަޖިލީހަށް އިންތިޚާބުވެފައެވެ. އެއީ އިސްދޫ ދާއިރާ އާއި ފޮނަދޫ ދާއިރާގެ އިތުރުން ގަމު ދާއިރާއެވެ. މި ތިން ދާއިރާގައި ހިމެނެނީ ފޮނަދޫ، މާމެންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، އިސްދޫ އަދި ކަޅައިދޫއެވެ.

ޕީއެންސީގެ ކެންޑިޑޭޓް އަސަދުﷲ ޝިހާބު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަނީ

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓް ސަޢުދުﷲ ހިލްމީ ވަނީ ތިނަދޫ އުތުރު ދާއިރާއިށް ވާދަ ކުރެއްވި 2 ކެންޑިޑޭޓުން ބޮޑު ފަރަގަކުން ބަލިކުރައްވާ ތާރީޚީ މޮޅެއް ހޯއްދަވާފައެވެ.

2024 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ސައުދުﷲ ހިލްމީއާ ވާދަކޮށްފައިވަނީ އަބްދުﷲ އަހުމަދު (އަބްޅޯ) އާއި އަހުމަދު ޤައިސް އެވެ. ސައުދުﷲ އަށް އިންތިހާބުގައި ލިބިފައިވަނީ 1134 ވޯޓެވެ. އެއީ ވޯޓްގެ ނަތީޖާއިން 48.75 އިންސައްތަ ވޯޓެވެ. ސައުދުﷲ އާއި ވާދަކުރެއްވީ އަބްޅޯއެވެ. އަބްޅޯއަށް ލިބިފައިވަނީ 630 ވޯޓެވެ. އެއީ ވޯޓްގެ ނަތީޖާއިން 27.09 އިންސައްތަ ވޯޓެވެ.



More from Huvadhoo News