ގަވާއިދާ ހިލާފަށް ބިދޭސީން ޓެކްސީކުރާ މައްސަލަ ބޮޑުވެ، ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފި

Thu, 09 May 2024 08:05 PM

View on this article on Huvadhoo News

ގަވާއިދާ ހިލާފަށް ބިދޭސީން ޓެކްސީކުރާ މައްސަލަ ބޮޑުވެ، ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފި

ޓެކްސީ ކުރާ ބިދޭސީންނާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.



އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޓެކްސީ ކުރުމުގައި އުޅޭ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށާއި ޓެކްސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ބިދޭސީންނަށް ޓެކްސީ ކުރުމަށް ލައިސަންސް ދޫކުރަނީ ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާ ލިބި، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭނަމައެވެ. އެ ނޫން އިތުރު ގޮތަކަށް ބިދޭސީން ޓެކްސީ ކުރުމަކީ ގަވާއިދާ ޚިލާފު ކަމެކެވެ.

އެގޮތުން، ޓެކްސީ ކުރުމުގެ ގަވާއިދުގައި ބުނާ ހާލަތް ފިޔަވާ އެހެން ހާލަތެއްގައި ބިދޭސީއަކު ޓެކްސީ ކުރާނަމަ، ޓެކްސީކުރުމުގެ ހުއްދަ ނެތް ފަރާތެއް ޓެކްސީ ކުރުމުން ކުރެވޭ ޖޫރިމަނާ ކަމުގައިވާ 500 ރުފިޔާއިން އެ ބިދޭސީއަކު ޖޫރިމަނާކުރެވިދާނެއެވެ. އަދި މީގެ އިތުރުން، ޕްރައިވެޓް ހަޔާއަށްކުރާ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާއިންވެސް ޖޫރިމަނާ ކުރެވިދާނެއެވެ.

ގަވާއިދާ ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ދިވެހި ޓެކްސީތަކާ މެދު ވެސް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓެކްސީ ކުރާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ދަތުރުފަތުރާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިތުރުން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ފުލުހުންނާ ގުޅިގެން މިފަދަ މައްސަލަތަކަށް ހައްލު ގެނައުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.



More from Huvadhoo News