ނޫސްވެރިންގެ ކުރިމަތީގައި ގދ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކެއް ނައްތާލައިފި

Thu, 09 May 2024 05:52 PM

View on this article on Huvadhoo News

ނޫސްވެރިންގެ ކުރިމަތީގައި ގދ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކެއް ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ތެރެއިން ގދ. އަތޮޅު ޕޮލިސް ސްޓޭޝަނުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅި ތަކެއް ނައްތާލައިފިއެވެ.



އެގޮތުން މިއަަދު ވަނީ 82 ފުޅި ބަނގުރާ ނައްތާލައިފައެވެ. މިތަކެއްޗަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓު އަދި ގދ. ފަރެސްމާތޮޑާ ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓާ ފުލުހުންނާއި ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރާގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލެވިފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގައެވެ.



More from Huvadhoo News