ދިވެހީންނަށް ރަނުގެ ފުރުސަތެއް، ހުޅުމާލެއިން ބިންގަތުމުގެ ފުރުސަތު ހުޅުވާލައިފި

Thu, 09 May 2024 07:20 PM

View on this article on Huvadhoo News

ދިވެހީންނަށް ރަނުގެ ފުރުސަތެއް، ހުޅުމާލެއިން ބިންގަތުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިން ގަންނަން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.



އެޗްޑީސީން އާންމުކުރި އިއުލާނެއްގައި ވަނީ ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ބީޗްސައިޑުން 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ބިންތަކުގެ ބޮޑުމިނުގައި ހުންނާނީ 1864-2408 އަކަފޫޓު ކަމަށް އެ އިއުލާނުގައިވެއެވެ.

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވަނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ. ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާ އަކަށެވެ. އެއީ ޕޯޓަލް މެދުވެރިކޮށް ޝައުރުވެރިލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން އަދި އޭގެ ފަހުން އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑް ކުރުމެވެ.

އެޗްޑީސީން ބުނީ ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެހެންވެ، ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއަދުން ފެށިގެން ބީލަށް ހުށަހެޅޭނެ ކަމަށާއި އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އިން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.



More from Huvadhoo News