ރައްޔިތުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު، “އަހާ” ފޯރަމްގެ ދެވަނަ ބުރު ހޯމަ ދުވަހުގެރޭ

Fri, 26 Apr 2024 05:32 PM

View on this article on Huvadhoo News

ރައްޔިތުން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު، “އަހާ” ފޯރަމްގެ ދެވަނަ ބުރު ހޯމަ ދުވަހުގެރޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ދައުލަތުގެ ފަސް ވަޒީރުންނާއެކު “އަހާ” ފޯރަމްގެ ދެވަނަ ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.



ރައްޔިތުންގެ ސަރުކާރުން ރައްޔިތުން ބޭނުން ކޮންމެ ސުވާލެއް އަހައި އޮޅުން ފިލުވުމުގެ ފުރުސަތު ލިބިގެންދާ، އަހާ ފޯރަމްގެ ދެވަނަ ބުރު، 29 އޭޕްރީލް ވާ އަންގާރަވިލޭރޭ ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އަހާ ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ފޯރަމެކެވެ. އަހާގެ ފުރަތަމަ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.

މި ފޯރަމްގެ ދެވަނަ ބުރު އޮންނާނީ ހޯމަ ދުވަހުގެ ރޭ 8:30 ގައި ކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ބުނެފައިވެެއެވެ.

ފޯރަމްގެ ދެވަނަ ބުރުގައި ބައިވެރިވާ ވަޒީރުންނަކީ:

  • ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން

  • ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން

  • މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

  • މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ

  • ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު

މި ވަޒީރުންނާ އެއްވެސް ސުވާލެއް ކުރައްވަން ބޭނުންވާ ފަރާތެއްނަމަ، އެސްއެމްއެސް ކުރައްވާށެވެ.

  •  AH(space)SUVAALU Send to 300

ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.



More from Huvadhoo News