އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާ އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

Mon, 21 Oct 2024 09:51 PM

View on this article on Hurihaa.mv

އަންނަ އަހަރުގެ ފެބްރުއަރީގައި ފަށާ އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އަންނަ އަހަރު ފެބްރުއަރީ މަހުގެ އިންޓޭކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފި އެވެ.



އެމްއެންޔޫއިން އަންނަ އަހަރު 120 ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ކޯސްތަކަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުށަހެޅޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި މި ކޯސްތަކާ ބެހޭ އިތުުރު މައުލޫމާތު ޔުނިވާސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު [email protected] އަށް މެއިލްކޮށްގެން އަދި 1445 ފޯނާ ގުޅައިގެން ވެސް ލިބޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.

އެ ޔުނިވާސިޓީގެ ކޯސްތަކަށް މި ލިންކުން އެޕްލައި ކުރެވޭނެ އެވެ. އަދި ކޯސްތަކާ ބެހޭ ފުލް އިންފޮންމޭޝަން ޝީޓު މި ލިންކުން ފެންނާނެވެ.




More from Hurihaa.mv