ޖެނިފާ ގާނާ ކައިވެނީގެ ތައްޔާރީތައް ފަށައިފި، ބައިވެރިޔަކީ ކާކު؟

Tue, 22 Oct 2024 05:36 AM

View on this article on Hurihaa.mv

ޖެނިފާ ގާނާ ކައިވެނީގެ ތައްޔާރީތައް ފަށައިފި، ބައިވެރިޔަކީ ކާކު؟

ބެން އެފްލިކްއާއި ޖެނިފާ ލޮޕޭޒްގެ ކައިވެނި ރޫޅުނުތާ މާ ގިނަ ދުވަހެއް ނުވަނީސް ބެންގެ ކުރީގެ އަންހެނުން ޖެނިފާ ގާނާ އޭނާގެ ކައިވެނީގެ ތައްޔާރީތައް ފަށައިފި ކަމަށް ހަބަރުތައް ވަނީ ބުނެފަ އެވެ.



ރިޕޯޓުތައް ބުނާ ގޮތުގައި ގާނާ މިހާރު އަންނަނީ ފްރާންސްގެ ޕެރިސްގައި އޭނާގެ "ބޮޑު ކައިވެނީގެ" ތައްޔާރީތައް ވަމުންނެވެ. އެގޮތުން ކައިވެނި ބާއްވާނެ ތަނަކާއި ކައިވެނީގެ ހެދުން ވެސް ފައިނަލް ކޮށްފައިވާ ކަމަށް ބުނެވެ އެވެ.

އެގޮތުން މަޝްހޫރު ފެޝަން ބްރޭންޑް "ޑިއޯރް"ގެ އިވެންޓެއްގައި ބައިވެރިވާން ޕެރިސްއަށް ދިޔަ ގާނާ އެ އިވެންޓަށްފަހު ވަރަށް ސީރިއަސްކަމާއެކު އޭނާގެ ހުވަފެނީ ކައިވެނި ހެދުމެއް ހޯދި ކަމަށް ގާނާއާ ގާތް މަސްދަރަކުން މައުލޫމާތު ދީފައިވެ އެވެ.

މި ހަބަރުތަކާއެކު ބެންއާއި ގާނާގެ އިހުގެ ލޯބި އަލުން ފެށުނީ ކަމަށް ބައެއް ރިޕޯޓުތައް ބުންޏެވެ. އެހެން ނަމަވެސް ހަގީގަތަކީ ގާނާ ކައިވެނި ކުރަން އުޅެނީ ފާއިތުވެދިޔަ ފަސް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖޯން މިލާއާ އެވެ.

ބުނެވޭ ގޮތުގައި ގާނާއާއި ޖޯންގެ ގުޅުމުގައި އަޑިގުޑަންތަކެއް ކުރިމަތިވި ނަމަވެސް އެ ދެމީހުންގެ ގުޅުން ކުރިއަށްވުރެ ވަރުގަދަވެ ދެމީހުން ވެސް މިހާރު ތިބީ ކައިވެންޏަށް ތައްޔާރުވެ އެވެ.

އެކުގައި ތިން ދަރިން ހިއްސާކުރާ ބެންއާއި ގާނާ އަލުން ގުޅުނީ ކަމަށް ބުނެ އަޑު ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ގާނާ އަންނަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ސާބިތު ކޮށްދެމުންނެވެ.




More from Hurihaa.mv