އަބީޝޭކްއާއި އައިޝްވާރްޔާގެ ކައިވެނި ރޫޅުނީ އަބީޝޭކް ބޭވަފާތެރި ވުމުން؟

Tue, 22 Oct 2024 05:39 AM

View on this article on Hurihaa.mv

އަބީޝޭކްއާއި އައިޝްވާރްޔާގެ ކައިވެނި ރޫޅުނީ އަބީޝޭކް ބޭވަފާތެރި ވުމުން؟

އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީއަކީ ބޮލީވުޑްގެ އެންމެ "ލޯބި" ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ދެމަފިރިންނެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް އެ ދެމީހުންގެ ގުޅުމުގައި ކުނިޖެހި ކައިވެނި ރޫޅިފައިވާ ކަމުގެ އަޑުތައް ފެތުރުނެވެ.



އެ ކައިވެނި ރޫޅުމުގެ ސަބަބެއްގެ ގޮތުގައި އެކި ނޫސްތަކުން ފާހަގަ ކޮށްފައިވަނީ އެކި ސަބަބުތަކެވެ. ބައެއް ނޫސްތަކުން ކައިވެނި ރޫޅުނީ އަބީޝޭކްގެ މަންމަ ޖާޔާ ބައްޗަންގެ ސަބަބުން ކަމަށް ބުނާއިރު ބައެއް ނޫސްތަކުން ބުނެފައިވަނީ އެކަމުގެ ފަހަތުގައި ވަނީ އަބީޝޭކްގެ ބޭވަފާތެރިކަން ކަމަށެވެ.

އެގޮތުން އަބީޝޭކްގެ އެންމެ ފަހުގެ ފިލްމު "ދަސްވީ"ގެ އެކްޓަރު ނިމްރަތު ކައުރުއާ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ކުރިން ވެސް ރިޕޯޓުކޮށްފައިވެ އެވެ.

މިކަމުގެ ސަބަބުން އަބީޝޭކްއާއި އައިޝްވާރްޔާގެ މެދުގައި މައްސަލަޖެހި އައިޝްވާރްޔާ ބައްޗަން އާއިލާގެ ގެއިން ނުކުތީ ކަމަށް ހަބަރުތައް ބުނެ އެވެ.

އަބީޝޭކްއަށް އޭނާގެ ކުށް ގަބޫލުކުރެވި ފަހުން ނިމްރިތުއާއެކު އޮތް ގުޅުން ކަނޑާލި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް އައިޝްވާރްޔާ އޭނާއަށް މައާފު ކޮށްފައެއް ނުވެ އެވެ.

އައިޝްވާރްޔާ އޭނާގެ ދަރިފުޅު އާރަދްޔާއާއެކު މިހާރު ދިރިއުޅެމުން އަންނަނީ ބައްޗަން އާއިލާއާ ވަކިން އޭނާގެ މަންމަ ބިންދްޔާ ރާއީއާ އެކުގަ އެވެ.

2007 ވަނަ އަހަރު ކައިވެނިކުރި އައިޝްވާރްޔާއާއި އަބީޝޭކްއަށް އާރަދްޔާ ލިބިފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.




More from Hurihaa.mv