ޝާހްރުކް ޚާންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެނަކީ ކޮބައިކަން ބުނެދީފި

Tue, 22 Oct 2024 05:43 AM

View on this article on Hurihaa.mv

ޝާހްރުކް ޚާންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެނަކީ ކޮބައިކަން ބުނެދީފި

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެނަކީ ފިލްމެއްގެ ޝޫޓިން ތެރޭގައި ހުއްޓާ މަރުވުން ކަމަށް އޭނާ ބުނެފި އެވެ.



ދާދި ފަހުން ބޭއްވި ލޮކާނޯ ފެސްޓިވަލްގެ ތެރެއިން އެކްޓް ކުރުން ހުއްޓާލަފާނަންތޯ ސުވާލު ކުރެވެމުން ޝާހްރުކް ޚާން ބުނެފައިވަނީ އޭނާ މަރުވަންދެން ވެސް އެކްޓް ކުރަން ބޭނުންވާ ކަމަށާއި އުއްމީދަކީ އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް މަރުވުން ކަމަށެވެ.

1988 ވަނަ އަހަރު ފިލްމު "ފައުޖީ"އިން ބޮލީވުޑަށް ތައާރަފްވި ޝާހްރުކް ޚާން ބޮލީވުޑްގައި މަސައްކަތް ކުރާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އޭނާގެ ފިލްމުތައް މަދެއް ނުވެ އެވެ.

އެހެނެއް ކަމަކު މިހާރުވެސް އޭނާގެ ފިލްމުތަކަކީ ބޮކްސްއޮފީހުގައި އެންމެ ކާމިޔާބު އާމްދަނީގެ ގޮތުން ޗާޓުތަކުގެ އެންމެ ކުރީގައި އުޅޭ ފިލްމުތަކެވެ.

އެގޮތުން ބަލާއިރު 2023 ވަނަ އަހަރު ރިލީޒް ކުރެވުނު ޝާހްރުކް ޚާންގެ ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ޖަވާން"އަކީ ބޮކްސްއޮފީހުގެ ގިނަ ރިކޯޑުތަކެއް މުގުރާލި ފިލްމުތަކެކެވެ.

ޝާހްރުކް ޚާނަށް ވަނީ ލޮކާނޯ ފިލްމު ފެސްޓިވަލްގައި "ލައިފްޓައިމް އެޗީވްމަންޓް އެވޯޑު"ގެ ޝަރަފު އަރުވާފަ އެވެ. އެއާއެކު އޭނާއަށް އެ ހަފްލާގެ ތެރެއިން "ޓްރިބިއުޓް"އެއްވެސް ދީފައިވެ އެވެ.

އެ އިންޓަވިއުގައި ޝާހްރުކް ޚާން އިތުރަށް ބުނީ ފައިސާއާއި މަޝްހޫރުކަމަކީ އޭނާއަށް މާ މުހިއްމު ކަމެއް ނޫން ކަމަށާއި އެއީ އޭނާ ކުރާ މަސައްކަތުގެ އަގެއްގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ.

ޝާހްރުކް ޚާންގެ ކުރިއަށްހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު ކުރަމުން އަންނަނީ އަމިއްލަ ދަރިފުޅު ސުހާނާއާއެކު ފެނިގެންދާ ފިލްމު "ކިންގް"ގެ މަސައްކަތެވެ.




More from Hurihaa.mv