ކަރަންޓު ބިލު ބޮޑުވާ މައްސަލަ ސޯލާއިން ހައްލުވާނެ: މިނިސްޓަރު ތޯރިގު

Mon, 21 Oct 2024 09:43 PM

View on this article on Hurihaa.mv

ކަރަންޓު ބިލު ބޮޑުވާ މައްސަލަ ސޯލާއިން ހައްލުވާނެ: މިނިސްޓަރު ތޯރިގު

ކަރަންޓު ބިލު ބޮޑުވާ މައްސަލަ ހައްލުވާނީ ރާއްޖޭގެ ކަރަންޓުގެ ހިދުމަތް އިއާދަކުރެނިވި ހަކަތައަށް ބަދަލުކުރުމަށްޓަކައި ފަށަން ހަަމަޖެހިފައިވާ "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން ސޯލާ ހަރުކޮށް ނިމުމުން ކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ



މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިއަދުގެ ޖަލްސާގައި ނާޒިލް ވަނީ ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާ މަހުން މަހަށް ކުއްލި ކުއްލިއަށް ބޮޑުވަމުންދާ މައްސަލާގައި އެކަން ހައްލު ކުރެއްވުމަށް ކުރައްވަމުން ގެންދަވަނީ ކޮން މަސައްްކަތްތަަކެއްތޯ މިނިސްޓަރާ ސުވާލުކޮށްފަ އެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތޯރިގު ވިދާޅުވީ، ކަަރަންޓު ބިލު ކުޑަކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް، އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖެއަށް ތެޔޮ އެތެރެކުރަން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭއިރު، މިހާރު ވެސް ޓެރިފްގެ އަދަދު ކަނޑައަޅަނީ އެކަމަށް ދާ ހަރަދަށް ވުރެ ކުޑަކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ކަރަންޓު ބިލު ބޮޑުވާ މައްސަލަ ހައްލު ކުރެވޭނީ، މުޅި ސިސްޓަމް ރަނގަޅުކުރެވިގެން ކަމަށާއި އެކަމަށްޓަކައި މުޅި ރާއްޖޭގައި ރިނިއުބަލް އެނަޖީ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ ކަރަންޓުގެ 31 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަައަށް އިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށް ވަނީ ޕްލޭންކުރެވިފައި ކަމަށް ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން ރާއްޖެ ގެންނަ ފުރަތަމަ ޔުނިޓުތައް މިހާރު އޯޑަރުކޮށްފައިވާ ކަމަށާއި، އެ ޕްރޮގްރާމްގެ ދަށުން ގޭގޭގެ ފުރާޅުގައި ސޯލާ ހަރުކުރުމުން ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް ހައްލު އަންނާނެ ކަމަށެވެ.




More from Hurihaa.mv