ހާއްސަ ޑިސްކައުންޓްތަކާއެކު އުރީދޫ ހައްޖު ސިމް!

Thu, 08 Jun 2023 06:51 PM

View on this article on Hurihaa.mv

ހާއްސަ ޑިސްކައުންޓްތަކާއެކު އުރީދޫ ހައްޖު ސިމް!

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްއިން މިއަދު ބޮޑެތި ފައިދާތަކާއެކު ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ ރޯމިން ރޭޓުން %90 ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ހާއްސަ ސިމް ކާޑް – ހައްޖު ސިމް އަދި ހާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކް ހިމެނޭ ކަމަށެވެ.

"ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނާއި ފަސޭހަކަމާއެކު ގުޅާލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހައްޖު ސިމް އަދި ސައުދީ އައިޑީޑީ ޕެކް މެދުވެރިކޮށް ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އަދި ރައްޖޭގައި ތިއްބަވާ ބޭފުޅުންނަށްވެސް ރޯމިން ރޭޓުން 90 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް ލިބުމަކީ ހަމަ ޔަގީނުން ވެސް ކަސްޓަމަރުންނަށް އިތުރު ހާސްކަމެއް ނެތި ހެޔޮ އަގެއްގައި ދަތުރުވެރިންނަށާއި އެބޭފުޅުންގެ އާއިލާއަށް އާއިލާ ފަސޭހަކަމާއެކު އިންޓަނެޓް މެދުވެރިކޮށް އަދި ފޯނުންވެސް ގުޅާލެވޭނެއެވެ. މި އަހަރު ހައްޖަށް ފުރާވަޑައިގަންނަވާ ހުރިހާ ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދެން." އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ.

ސައުދީ އައިޑީޑީ ޕެކް

ސައުދީ އައިޑީ ޕެކް މެދުވެރިކޮށް ރާއްޖޭގައި ތިއްބަވާ ހައްޖުވެރިންގެ އާއިލާ އާއި ރައްޓެހިންނަށް އެންމެ 150 ރުފިޔާއަށް 100 ސައުދީ އައިޑީޑީ މިނެޓާއި 1 ޖީބީ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ލިބިވަޑައިގަންނަވާނެ އެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައްލަވައިގަނެވޭ މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ "SD150" ޖެއްސެވުމަށް ފަހު 1111 އަށް އެސްއެމްއެސް ކުރައްވާށެވެ.

ޙައްޖު ސިމް

ހައްޖުވެރިންނަށް ހާއްސަ މި ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުންކުރެވޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ ސިމް މިހާރު ގެންގުޅުއްވާ ސިމް ކާޑު ހައްޖު ސިމަކަށް ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ތަކުން އަޕްގްރޭޑް ކުރެވޭނެއެވެ.

ސެލްފް ކެއާ ޕޯޓަލް my.ooredoo.mv މެދުވެރިކޮށް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ރޯމިންގެ ހިދުމަތް އެކްޓިވޭޓް ކުރެވޭނެ އެވެ. 6#*929* އަށް ގުޅައިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ރޯމިން ސާވިސް އެކްޓިވޭޓް ކުރެވޭނެ އެވެ. ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން "އޮޓޮމެޓިކް" އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ސައުދީ އަރަބިއްޔާގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެއެވެ. ހައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް، އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް އިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ހުރިހާ ޙައްޖާޖީންނަށް ބަރަކާތްތެރި އަދި މަބްރޫރު ޙައްޖަކަށް އެދެއެވެ.



More from Hurihaa.mv