ވަޒީރުންގެ ދެ ވަނަ "އަހާ" ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ

Fri, 26 Apr 2024 07:28 PM

View on this article on Hurihaa.mv

ވަޒީރުންގެ ދެ ވަނަ "އަހާ" ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ

ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުއްވައި ދިނުމުގެ ގޮތުން ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމްގެ ދެވަނަ "އަހާ" ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.



ކޮންމެ ދެ މަހަކުން ބާއްވާނެ ކަމަށް ބުނެ، މި ސަރުކާރުން ފެށި 'އަހާ' ފޯރަމްގެ ނަމުގައި އެންމެ ފުރަތަމަ ބައްދަލުވުމެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ތިން މަސް ވެގެންދިޔައިރުވެސް މީގެ އިތުރު ފޯރަމެއް ބާއްވާފައިނުވެ އެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދެވަނަ ފޯރަމް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ސަލްޓަން ޕާކުގަ އެވެ.

މިފަހަރުގެ ފޯރަމުގައިވެސް ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން އަދި ލޭބާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

އަހާ ދެ ވަނަ ފޯރަމްގައި ބައިވެރިވާ މިނިސްޓަރުން

މި ފަހަރުގެ ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އޭއެޗް ޖެހުމަށް ފަހު ހުސްތަންކޮޅެއް ދިނުމަށް ފަހު ސުވާލު ލިޔެ 300 އަށް ސުވާލު ފޮނުވޭނެ އެވެ.

ވަޒީރުންގެ ފޯރަމުގެ އިތުރުން ކޮންމެ ތިން މަހަކުން އެއް މަހު ސީދާ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް ހާއްސަ ފޯރަމެއްވެސް ސަރުކާރުން އަންނަނީ ބާއްވަވަމުންނެވެ. ރައީސް ބައިވެރިވެވަޑައިގަތް އަހާގެ ފޯރަމް ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު އެވެ.




More from Hurihaa.mv