ބަޔޮޓިން: އިސްތަށިގަނޑަށް މުހިއްމު މާއްދާއެއް

Tue, 07 May 2024 06:05 AM

View on this article on Hurihaa.mv

ބަޔޮޓިން: އިސްތަށިގަނޑަށް މުހިއްމު މާއްދާއެއް

ބަޔޮޓިން އަކީ ކޮންއެއްޗެއް؟

ވިޓަމިން ބީ7 ގެ ނަމުން ނަންދީފައިވާ ބަޔޯޓިން އަކީ ބީ ވިޓަމިންތަކުގެ ތެރޭގައި ހިމެނޭ މާއްދާއެކެވެ. ބަޔޯޓިންގެ ނަން އައިސްފައި ވަނީ ގްރީކް ބަހުގެ "ބަޔޯސް" އިންނެވެ. އޭގެ މާނައަކީ ދިރިހުރުމެވެ. މިއީ ހަށިގަނޑުގައި ތަފާތު މެޓަބޮލިކް ޕްރޮސެސްތަކުގެ ތެރެއިން ފެޓްސް، ކާބޯހައިޑްރޭޓްސް އަދި ޕްރޮޓީންގެ މެޓަބޮލިޒަމްއަށް ވަރަށް މުހިންމު އެއްޗެކެވެ.



ބަޔޮޓިން އާއި އިސްތަށިގަނޑާ ހުށި ގުޅުމަކީ ކޮބާ؟

ބަޔޮޓިން އަކީ ޕްރޮޓީން ކޮލެޖަން އާއި ކެރަޓީން އުފެއްދުމަށް ވަރަށް މުހިންމު އެއްޗެއް ކަމުން އިސްތަށިގަނޑުގެ ރޫޓް ވަރުގަދަ ކުރުމުގައި އޭގެ ދައުރު ވަރަށް ބޮޑެވެ. ބަޔޯޓިން މަދުވުމުގެ ސަބަބުން އިސްތަށިފޭބުމަށް މަގުފަހިވެ އެވެ. އަދި ނިޔަފަތިތައް ފީވެ ހަށިގަނޑުގައި ރޭޝް އުފެދެ އެވެ. ދިރާސާއަކުން ދައްކާ ގޮތުގައި އިސްތަށިފޭބުމުގެ ޝަކުވާ ކުރި 503 އަންހެނުންގެ ބަޔޯޓިން ލެވެލް ޓެސްޓުކުރި ގިނަ އަންހެނުންނަކީ ބަޔޯޓިންގެ އުނިކަން ނުވަތަ ބޯޑަލައިން ލެވެލް ހުންނަ މީހުންނެވެ.

ދުވާލަކަށް ކިހާ ވަރެއްގެ ބަޔޯޓިން ހަށިގަނޑަށް ބޭނުންވޭ؟

ބަޔޯޓިން ބޭނުންކުރުމުގެ ރެކޮމެންޑޭޝަނަކީ ބޮޑެތި މީހުންނަށް ދުވާލަކު 30 އެމްސީޖީ އެވެ. ބަޔޯޓިން އެކުލެވޭ ކާނާގެ ތެރޭގައި އެގް ޔޮލްކް، ސެލްމަން، ހޯލް ގްރޭންސް، ލެގޫމްސް، ޕީނަޓް އަދި ނަޓްސް ހިމެނެ އެވެ. ބަޔޮޓިން މަދުވާނަމަ ސަޕްލިމެންޓެއްވެސް ނެގިދާނެ އެވެ.




More from Hurihaa.mv