ފްރާންސްއިން ދުނިޔޭގެ އެންމެ ދިގު ބެގުއެޓް ހެދުމުގެ ރިކޯޑް މުގުުރާލައިފި!

Tue, 07 May 2024 06:04 AM

View on this article on Hurihaa.mv

ފްރާންސްއިން ދުނިޔޭގެ އެންމެ ދިގު ބެގުއެޓް ހެދުމުގެ ރިކޯޑް މުގުުރާލައިފި!

މިދިޔަ އާދީއްތަ ދުވަހު ފްރާންސްގެ ބޭކަރުން ދުނިޔޭގެ އެންމެ ދިގު ބެގުއެޓް 140.53 މީޓަރު (461 ފޫޓު) ގައި ތައްޔާރުކޮށް، އިޓަލީންގެ ރިކޯޑް މުގުރާލައިފި އެވެ. މި ބެގުއެޓް ހަދާފައި ވަނީ ފްރާންސްގެ ކޮންފެޑެރޭޝަން އޮފް ބޭކާސް އެންޑް ޕޭސްޓްރީ ޝެފުންނަށް ހާއްސަކޮށްގެން ބޭއްވި ހަރަކާތެއްގެ ތެރެއިން ޕެރިހުގެ އަވަށްތަކުގެ ސުރެސްނެސްގަ އެވެ.



މީގެ ކުރިން 132.62 މީޓަރުގެ އެންމެ ދިގު ބެގުއެޓް ހަދާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އިޓަލީގެ ސިޓީއެއް ކަމަށްވާ ކޮމޯގަ އެވެ. ފްރާންސްގެ ބޭކަރުން މި ބެގުއެޓް ހަދަން ފަށާފައި ވަނީ ފަތިހު 3:00 އެވެ. އަދި މި ބެގުއެޓް ފިހެފައިވަނީ ފުރޮޅުލީ އުޅަނދުތަކު ބޭނުންކޮށްގެން ސްލޯ މޫވިން އަވަނެއްގަ އެވެ.

"ހުރިހާ ކަމެއް ވެސް ވެލިޑޭޓް ވެއްޖެ، އަހަރެމެން އެންމެން ވެސް ވަރަށް އުފާވޭ މި ރެކޯޑް ބަލިކުރެވުނީތީ، އެއީ ފްރާންސްގައި ކުރި ކަމަކަށް ވީތީ،" ބޭކަރުންގެ ތެރޭގައި ހިމެނޭ އެންތަނީ އަރިގޯލްޓް ބުނެފައިވެ އެވެ.

މި ބެގުއެޓް ވަނީ ކެފުމަށް ފަހު އެ އަވަށުގެ ގިނަ މީހުންނަށް ކާންދީފައެވެ. ފްރާންސްގެ ރަސްމީ ގަވައިދުގެ ދަށުން ޓްރެޑިޝަނަލް ފްރާންސް ބަގުއެޓްގެ ދިގުމިނުގައި ގާތްގަނޑަކަށް 60 ސެންޓިމީޓަރު ހުންނަން ޖެހޭނެ އެވެ. ފުށް, ފެން، ލޮނު އަދި ޔީސްޓް ބޭނުންކޮށްގެން ހަދާ މި ބެގުއެޓްގައި ބަރުދަނުގައި އާންމުކޮށް ހުންނަން ޖެހޭނީ ގާތްގަނޑަކަށް 250 ގްރާމެވެ.




More from Hurihaa.mv