ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

Wed, 24 Apr 2024 09:54 AM

View on this article on Gohkolhu

ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ 1 ގައި ރޭ ފަތިހު ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.



ސެންޓްރަލް ޕާކް ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓުގައި އެ ކާރުގެ ފަހަތުގައި އިން އަންހެނަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެގެން ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

“އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،” ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ފަތިހު 5:35 ހާއިރު އެވެ.

އެ ހާދިސާއާ ގުޅިގެން، އެ ޕްރައިވެޓް ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓައި، ކާރު ޓޯކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު މި ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ.



More from Gohkolhu