ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ރައީސް ނިންމަވައިފި

Thu, 02 May 2024 07:34 PM

View on this article on Gohkolhu

ރޯދައިގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ރައީސް ނިންމަވައިފި

ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުތަކުން ދިން ޑިސްކައުންޓުގެ ފައިދާއެއް ނުކުރާ ކަމުގެ ޝަކުވާތަކާއެކު ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން، ކަރަންޓު ބިލުން އިތުރު ޑިސްކައުންޓެއް ދޭން ސްޓެލްކޯއިން ނިންމައިފި އެވެ.



ރަައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ނިންމެވުން ކަރަންޓް ކުންފުނި ސްޓެލްކޯ އިން ވަނީ ހާމަ ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޓެލްކޯއިން މިކަން ހާމަކޮށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެކަމަށް ފަހުމީ ވިދާޅުވި އެވެ.

ސަރުކާރުން ދިން ޔުޓިލިޓީ ޑިސްކައުންޓުތަކުގެ މައްސަލައިގައި އާންމުންގެ ޝަކުވާ ބޮޑުވީ ޑިސްކައުންޓާ އެކީ ވެސް ބިލުތައް މާ ބޮޑު ކަމަށާއި ޑިސްކައުންޓު ލިބުނު މުއްދަތުގެ ތެރޭގައި ރޯދަ މަހުގެ ދުވަސްތައް ނުހިމެނޭ ކަމަށް ބުނެ އެވެ.



More from Gohkolhu