ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

Fri, 03 May 2024 11:53 AM

View on this article on Gohkolhu

ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.



ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ރަށުން “ގޮށްކޮޅު” އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ސިހުރު ހަދަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖަހަން މިވަގުތު ހުރީ ފޮނަދޫ މެޖިސްޓްރޭޓަށް ހާޒިރު ކޮށްފަ އެވެ.

އަދި އެ ރަށު ރައްޔިތުން އަންނަނީ މެޖިސްޓްރޭޓް ކުރިމަތީ އިހުތިޖާޖު ކުރަމުންނެވެ.



More from Gohkolhu