ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް

Fri, 03 May 2024 05:28 PM

View on this article on Gohkolhu

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް

ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން މި އަހަރު ނެރުނު “ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް” ގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.



އޭގައި ރާއްޖެ އޮތީ 106 ވަނައިގަ އެވެ. ރާއްޖޭގެ ނޫސްވެރިކަން ފަހަތަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގުުކުރި ހެއްކާ ބެހޭ ގާނޫނު ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުން ވަނީ ހުރަސް އެޅިފަ އެވެ. އެހެންވެ އެކަންވެފައި އޮތީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގަ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ ރޭންކްގައި ރާއްޖެ ފަހަތަށް ސޮއްސައިލި އިރު، މިދިޔަ އަަހަރު ރާއްޖެ އޮތީ 100 ވަނައިގައި “ޕްރޮބްލޮމެޓިކް” ކެޓަގަރީގަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ ފާހަގަތަކުން މި އަހަރު ޕޮއިންޓް ލިބުނު ގޮތަަށް ބަލާ އިރު ސިޔާސީ ގޮތުން މިދިޔަ އަހަރު ރާއްޖެއަ ށް 53.75 މާކްސް ލިބުނު އިރު މިއަހަރު ލިބިފައި އޮތީ 43.48 ޕޮއިންޓެވެ. އެ ފާހަގައިން ބަލާއިރު މިދިޔަ އަހަރު ރާއްޖެ 97 ވަނައިގައި އޮތް އިރު މިއަހަރު އޮތީ 109 ވަނައިގަ އެވެ.

އިގުތިސާދީ ދާއިރާއިން ރާއްޖެ އަށް މިދިޔަ އަހަރަށް ވުރެ ގިނައިން މި އަހަރު ޕޮއިންޓް ލިބިފައިވެ އެވެ. މިދިޔަ އަހަރު 32.84 ޕޮއިންޓާ އެކީ 161 ވަނައިގައި އޮތް އިރު މިއަހަރު އޮތީ 136.04 މާކުހާ އެކު 133 ވަނައިގަ އެވެ.

ގާނޫނީ ދާއިރާ އިން ގޮތުން ބަލާއިރު ރާއްޖެ މިދިޔަ އަހަރު އޮތީ 59.91 ޕޮއިންޓާ އެކީ 98 ވަނައިގަ އެވެ މި އަހަރު އޮތީ 54.42 ޕޮއިންޓާ އެކީ 111 ވަނައިގަ އެވެ.

އިޖުތިމާއީ މިންގަނޑުން މިދިޔަ އަހަރަށް ވުރެ ރާއްޖޭގެ ރޭންކް އޮތީ ދަށްކޮށެވެ. އެވެ. އެގޮތުން މިދިޔަ އަހަރު 55.68 ޕޮއިންޓާ އެކީ 124 ވަނައިގައި އް އޮރު މި އަހަރު އޮތީ 48.10 ޕޮއިންޓާ އެކީ 131 ވަނައިގަ އެވެ.

ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ އިން ބަލާ އިރު ރާއްޖެ މި އަހަރު އޮތީ ބޮޑުތަނުން ފަހަތަށް ޖެހިފަ އެވެ. މިދިޔަ އަހަރު 82.48 ޕޮއިންޜާ އެކީ 57 ވަނައިގައި އޮތް އރު، 79.76 ޕޮއިންޓާ އެކީ މިއަ ހަރު އޮތީ 80 ވަނައިގަ އެވެ.



More from Gohkolhu