ޑްރަޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވި މީހަކު މަރުވެއްޖެ

Fri, 03 May 2024 01:42 PM

View on this article on Gohkolhu

ޑްރަޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވި މީހަކު މަރުވެއްޖެ

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރަޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވި މީހަކު މަރުވެއްޖެ އެވެ.



ފުލުހުން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވީ ބިދޭސީއަކަށް ކަމަށެވެ. އެމީހާ އަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 10:38 ގައި ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.



More from Gohkolhu