ޝާހިދުގެ ބައްޕާފުޅު އަވާހާރަވެއްޖެ

Wed, 24 Apr 2024 09:40 AM

View on this article on Gohkolhu

ޝާހިދުގެ ބައްޕާފުޅު އަވާހާރަވެއްޖެ

ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވެއްޖެ އެވެ.



ޝާހިދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ޝާހިދުގެ ބައްޕާފުޅަކީ އެމަނިކުފާނުގެ މުޅިހަޔާތްޕުޅުގައިވެސް އެންމެ އިޙްލާސްތެރި ލަފާދޭ މީހާކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ. އޭނާގެ ޝަޙްޝިއްޔަތު ބައަޓަންކޮށް ކުރިއެރުމަށް މަގު ދައްކައިދީ ކޮންމެ ފިޔަވަޅަކަށް ނެސޭޙަތްތެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިހް މޫސާ ޖަމީލު ދީދީއަކީ މިވަގުތު ދުނިޔޭގައި ތިއްބެވި ހުރަވީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން، އެންމެ ދޮށީ ބޭފުޅާކަންވެސް ފާހަގަކޮށްލެވެއެވެ. ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.



More from Gohkolhu