ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލެވިއްޖެކަމަށް އިސްރާއީލުން ބުނެފި

Thu, 17 Oct 2024 11:01 PM

View on this article on Furathama

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލެވިއްޖެކަމަށް އިސްރާއީލުން ބުނެފި

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލެވިއްޖެކަމަށް އިސްރާއީލުން ބުނެފިއެވެ.



އިސްރާއީލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ ސިންވާރު ޝަހީދުކޮށްލާފައިވަނީ މިދިޔަ ބުދަ ދުވަހު ޣައްޒާގެ ދެކުނުގައި ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާއި ޑޮމެސްޓިކް ސެކިއުރިޓީ އޭޖެންސީއެއްކަމަށްވާ “ޝިން ބެޓް” އިން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އިއްޔެ އިސްރާއީލު އަސްކަރިއްޔާގެ 828 ވަނަ ބްރިގޭޑުން ޣައްޒާގައި ހިންގި އޮޕަރޭޝަނެއްގައި ޝަހީދުކޮށްލެވުނު ތިން މީހެއްގެ ހަށިގަނޑުގެ ތެރެއިން އެކެއްގެ ހަށިގަނޑަކީ ސިންވާގެ ހަށިގަނޑުކަމަށް ބެލެވޭތީ ހެދި ތަޙްލީލްތަކުން އެއީ ސިންވާރުގެ ހަށިގަނޑުކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.

އިސްރާއީލުގެ ވާހަކަތަކާ ގުޅޭ ގޮތުން ހަމާސްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނައިރު، ފަލަސްތީނުގެ 42،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އާންމުންނެވެ. އެއީ ހަމާސް އިސްވެ އޮވެ އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގައި 1،139 މީހުން މަރުވުމާ ގުޅިގެންނެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ވެސް ކުރިން ވަނީ ސިންވާރު ޝަހީދުކޮށްލެވިފައިވާ ކަމަށް ވިދާޅުވެ، އެއީ އިސްރާއީލަށް ލިބުނު ވަރަށް ބޮޑު އަސްކަރީ އަދި އަޚްލާގީ ކާމިޔާބީއެއްކަމަށް ބުނެފައެވެ.

ހަމާސް ގެ އާ ލީޑަރުކަމަށް ސިންވާރު ހަމަޖެއްސީ ހަމާސްގެ ލީޑަރު އިސްމާޢީލް ހާނިއްޔާ މިދިއަ ޖުލައިމަހު އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

The post ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލެވިއްޖެކަމަށް އިސްރާއީލުން ބުނެފި appeared first on Furathama.



More from Furathama