ޤައުމީ ބޭންކްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް

Thu, 17 Oct 2024 07:42 AM

View on this article on Furathama

ޤައުމީ ބޭންކްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަޤާމަށް އެ ބޭންކްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.



މިއީ ރާއްޖޭގެ ޤައުމީ ބޭންކްގެ ސީއީއޯގެ މަޤާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

މާލީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. އަދި ލަންޑަން ބިޒްނަސް ސްކޫލްއިން ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ ‘ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް’ ފުރިހަމަ ކުރައްވާފައެވެ.

ބީއެމްއެލްގެ ސީއީއޯ މަގާމު ހުސްވީ އެ މަޤާމްގައި ކުރިން ހުންނެވި ސައުތު އެފްރިކާ އަށް ނިސްބަތްވާ ކާލް ސްޓުމްކާ 8 ސެޕްޓެމްބަރު 2024 ގައި އިސްތިއުފާ ދެއްވުމުންމެވެ. ކާލް ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ގައެވެ. އެއީ ބޭންކިން ދާއިރާގެ 35 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ކާލް އެ މަޤާމުން އިސްތިއުފާ ދެއްވީ ބޭންކާ ދެކޮޅު ފަރާތްތަކުން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙްޤީޤްކުރަމުން ދަނިކޮށެވެ.

The post ޤައުމީ ބޭންކްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް appeared first on Furathama.



More from Furathama