ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

Tue, 15 Oct 2024 01:07 PM

View on this article on Furathama

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ލަގެޖް އުފުލާ ވެހިކަލެއް އެކްސިޑެންޓްވެ، މީހަކު ނިޔާވެއްޖެއެވެ.



އެއާޕޯޓްގެ އޭޕްރަން ސަރަހައްދުގައި ލައިޓްއާއި، ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗަރއެއްގެ ބުޑުގަނޑުގައި، ލަގެޖް އުފުލާ ވެހިކަލެއް ޖެހިގެން ހިނގި މިހާދިސާގައި ނިޔާވެފައިވަނީ އެ ވެހިކަލް ދުއްވަން އިން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ އެއާޕޯޓްގެ ކްލިނިކަށް ގެންގޮސް ފަރުވާދިނުމަށްފަހު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އެ މީހާ ކްލިނިކަށް ގެންދިޔައިވެސް ނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އައިޖީއެމްއެޗްއަށް ގެންގޮސް އިތުރަށް ބަލައި، ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

The post ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ appeared first on Furathama.



More from Furathama