ސިޔާސީ މަޤާމްތަކުގައި ތިބި 228 މީހަކު ވަކިކުރަނީ

Wed, 16 Oct 2024 08:43 AM

View on this article on Furathama

ސިޔާސީ މަޤާމްތަކުގައި ތިބި 228 މީހަކު ވަކިކުރަނީ

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެކުލަވާލާފައިވާ “އިކޮނޮމިކް ރީފޯމް އެޖެންޑާ”ގެ ދަށުން އެކި މިނިސްޓްރީތަކުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި 228 މުވައްޒަފުން މަޤާމުން ވަކިކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ސިޔާސީ މަޤާމްތަކުގައި ތިބި ބައެއް ބޭފުޅުން ވަކިކުރަނީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ ބޭފުޅުން ވަކިކުރުމަށް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މަޤާމުން ވަކިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިޔަވަޅާއެކު، ސަރުކާރުގެ ޚަރަދުތަކުން، މަހަކު 5.714 (ފަހެއް ޕޮއިންޓް ހަތެއް އެކެއް ހަތަރެއް މިލިޔަން) ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ބެލެވޭކަމަށް ރައީސް ވިދާޅުވިއެވެ.

The post ސިޔާސީ މަޤާމްތަކުގައި ތިބި 228 މީހަކު ވަކިކުރަނީ appeared first on Furathama.



More from Furathama