ޢަލީ ޙާޝިމް ވަކިކުރައްވައި، ގަވަރުނަރަކަށް މުނައްވަރު

Mon, 22 Jul 2024 05:09 PM

View on this article on Furathama

ޢަލީ ޙާޝިމް ވަކިކުރައްވައި، ގަވަރުނަރަކަށް މުނައްވަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަޤާމްގައި ހުންނެވި ޢަލީ ޙާޝިމް އެ މަޤާމުން ވަކިކުރައްވައި، ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަޤާމްގައި ހުންނެވި އަޙްމަދު މުނައްވަރު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.



މަޤާމްގެ މަސްއޫލިއްޔަތުތައް އަދާނުކުރެއްވޭކަމަށް ބުނެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ގޮތަށް ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރަން ލަފާ ދިނުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މިއަދު ބޭއްވި ވޯޓްގައި އޭނާ މަޤާމުން ވަކިކުރުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވިއެވެ. އެކަމާ ދެކޮޅަށް 9 މެންބަރުން ވޯޓް ދެއްވިއެވެ.

މުނައްވަރު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވާފައެވެ.

The post ޢަލީ ޙާޝިމް ވަކިކުރައްވައި، ގަވަރުނަރަކަށް މުނައްވަރު appeared first on Furathama.



More from Furathama