ގަވަރުނަރު ވަކިކުރަން ފާސްކޮށްފި

Wed, 17 Jul 2024 12:44 PM

View on this article on Furathama

ގަވަރުނަރު ވަކިކުރަން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ޢަލީ ހާޝިމް، މަޤާމުން ވަކި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފާސް ކޮށްފިއެވެ.



ގަވަރުނަރު ޢަލީ ހާޝިމް މަޤާމުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން މި ނިންމީ އޭނާ އަށް ޖަވާބުދާރީވާން ތިން ފުރުޞަތު ދިނުމަށް ފަހުގައެވެ. އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރި ވެވަޑައިގެންފައި ވަނިކޮށެވެ. ކޮމިޓީ އަށް ހާޒިރު ވެވަޑައިގަތުމުގެ ބަދަލުގައި ޢަލީ ހާޝިމް ވަނީ މަޖިލިހަށް ލިޔުމުން ޖަވާބު ދެއްވާފައެވެ.

ޢަލީ ޙާޝިމް މަޤާމުން ވަކިކުރުމަށް ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަޙްމަދު ނާޒިމްއެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު ޢަބްދުﷲ އެވެ. އޭނާ ވަކިކުރަން ފާސްވީ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގައި މިއަދު ތިއްބެވީ އަށް މެންބަރުންނެވެ.

އެމްއެމްއޭ ޤާނޫނުގެ ބުނާގޮތުން އެ އޮތޯރިޓީގެ ގަވަރުނަރު ވަކިކުރަން ރައީސްއަށް ލަފާއެރުވުމަކީ މަޖިލީހަށް ކުރެވޭނެ ކަމެކެވެ. މިކަމާ މެދު އެންމެ ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހަޅައިގެން ނަގާ ވޯޓަކުންނެވެ.

The post ގަވަރުނަރު ވަކިކުރަން ފާސްކޮށްފި appeared first on Furathama.



More from Furathama