މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ޖަމާކޮށްފި

Fri, 23 Feb 2024 05:11 PM

View on this article on Feshun.mv

މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ޖަމާކޮށްފި

ދިވެހި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވިދާޅުވެއްޖެއެވެ.

މިފްކޯއަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތާ ތިން މަހެއްހާ ދުވަސް ވެފައިވާކަމަށް ބުނެ، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސްވެރިން ވަދެ މިދިޔަ އާދިއްތަ ދުވަހު ވަނީ އިހުތިޖާޖެއް ފަށައިފައެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން ކޫއްޑޫއާއި އައްޑޫގައި ކުރަމުންދިޔަ އިހުތިޖާޖު ހުއްޓާލައި އެތަންތަން މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.

އެ ބަޔާނުގައި މިނިސްޓްރީން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް މިފްކޯގެ ފަރާތުން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައި ކަމަށެވެ. އަދި އަދި ސަރުކާރުން މަސްވެރިންނަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް އަންނަ ހޯމަ ދުވަހުގެ ކުރިން 30 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ ކޫއްޑޫގައި އިހުތިޖާޖުކުރި މަސްވެރިންނާ ބައްދަލުކުރުމަށް މިނިސްޓަރު އަހުމަދު ޝިޔާމް ވަޑައިގަތުމުން މަސްވެރިންނާއި އޮޑިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި، އަދި ސަރުކާރުގެ ހުށަހެޅުން ޤަބޫލުކޮށް މަސްވެރިން ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖު ހުއްޓާލައި އެނބުރި މަސްވެރިކަމަށް ނުކުތުމަށް މަސްވެރިން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ފާހަގަކޮށް މިނިސްޓްރީން ވަނީ މަސްވެރިންނަށ ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ، މިފަދަ ދަނޑިވަޅުތަކުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ފެސިލިޓީތައް ހުއްޓިފައި އޮންނަ އޮތުމާ ގުޅިގެން އެކަމުގެ ސަބަބުން މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށާއި އަދި އެކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރިއެވެ.

The post މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ޖަމާކޮށްފި first appeared on Feshun.mv.



More from Feshun.mv