މަޖިލިސް އިންތިހާބުގައި ވާދަކުރަން 381 ފޯމް ހުށަހަޅައިފި

Wed, 14 Feb 2024 09:22 PM

View on this article on Feshun.mv

މަޖިލިސް އިންތިހާބުގައި ވާދަކުރަން 381 ފޯމް ހުށަހަޅައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލާން އޮތް މުއްދަތުގައި 381 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީ.ސީ) އިން ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ކުރިމަލުމުގެ ފުރުސަތު މިއަދު 14:00 އަށް ހަމަވިއިރު، 93 ދާއިރާއަށް ޖުމްލަ 381 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވަނީ ވިދާޅުވެފައެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ދާއިރާތަކަށް ކުރިމަތިލުމަށް އެންމެ ގިނަ ކެނޑިޑޭޓުން ސަރުކާރުގެ މައި ކޯލިޝަން ޕާޓީ، ޕީޕީއެމް/ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީންނެވެ.

އެގޮތުން ސަރުކާރުގެ ކޯލިޝަން ޕާޓީން ތިން ދާއިރާއެއް ފިޔަވާ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭއިރު، އެމްޑީޕީން ހަތަރު ދާއިރާއެއް ފިޔަވާ އެހެން ދާއިރާތަކަށް ކުރިމަތިލުމަށް ކެނޑިޑޭޓުން ވަނީ ނެރެފައެވެ.

އެއަށްފަހު ދެން އެންމެ ގިނަ ކެނޑިޑޭޓުން ނެރޭ ޕާޓީ، ޖުމްހޫރީ ޕާޓީން ވަނީ 10 ދާއިރާއަކަށް ކުރިމަތިލައިފައެވެ.

މަޖިލީސް އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަނުން އެންމެ ފުރަތަމަ ނިންމާފައި އޮތީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، އިންތިޚާބުތައް ރޯދަ މަހުގެ 10 ދުވަސް ފަހުން ބޭއްވުމަށް އިސްލާހެއް ހުށަހަޅާ، އިންތިހާބު ފާސްކުރުމަށް މަޖިލީހުން ވަނީ ނިންމައިފައެވެ.

The post މަޖިލިސް އިންތިހާބުގައި ވާދަކުރަން 381 ފޯމް ހުށަހަޅައިފި first appeared on Feshun.mv.



More from Feshun.mv