ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފި

Tue, 13 Feb 2024 07:18 PM

View on this article on Feshun.mv

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފި

ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް މިއަދު ޤާއިމްކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ.

އެ އިދާރާއަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި އެމްބަސީ ގާއިމުކުރެއްވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމުގެ މަޤުސަދުގައި ކަމަށެވެ. 

ތުރުކީ އަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ގައުމެވެ.

The post ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފި first appeared on Feshun.mv.



More from Feshun.mv