9 ވަނަ ބުރިން ވެއްޓުނު މީހަކު މަރުވެއްޖެ

Tue, 13 Feb 2024 07:10 PM

View on this article on Feshun.mv

9 ވަނަ ބުރިން ވެއްޓުނު މީހަކު މަރުވެއްޖެ

މިއަދު މާލޭ އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ، އިންޑިއާގެ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން މިއަދު މައުލޫމާތު ދިންގޮތުގައި، ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން މި މީހާ މިއަދު ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 10:30 ހާއިރުއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް އެ މީހާ މަރުވެފައި ވަނީ މިއަދު 1:40 ހާއިރު ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދިނެވެ.

އެ އިމާރާތުގެ މަތިން އެމީހާ ވެއްޓުނީ އޭސީ މަރާމާތު ކުރުމުގެ މަސައްކަތް ކުރަން އުޅެނިކޮށެވެ.

The post 9 ވަނަ ބުރިން ވެއްޓުނު މީހަކު މަރުވެއްޖެ first appeared on Feshun.mv.



More from Feshun.mv