ޝިއާމެން އެއާލައިންސްގެ ޗާޓަރު ދަތުރުތަކެއް ރާއްޖެއަށް ފަށަނީ

Tue, 13 Feb 2024 09:39 AM

View on this article on Feshun.mv

ޝިއާމެން އެއާލައިންސްގެ ޗާޓަރު ދަތުރުތަކެއް ރާއްޖެއަށް ފަށަނީ

ޗައިނާގެ ޝިއާމެން އެއާލައިންސްގެ ޗާޓަރު ދަތުރުތަކެއް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

އެ އެއާލައިންގެ ފުރަތަމަ ޗާޓަރު ދަތުރު ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ޝިއާމެން އެއާލައިންސް އިން އޮޕަރޭޓްކުރާ ފްލައިޓް އެމްއެފް 8017 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނީ މާދަމާ ހެނދުނު 11:00 ގަ އެވެ.

މި ސީދާ ފްލައިޓަކީ ޗައިނީސް އާ އަހަރާ ދިމާކޮށް، ފުޖިއާން ޕްރޮވިންޝަލް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ "ރިފްރެޝިން ފުޖިއާން: ސްޓާޓިން ޕޮއިންޓް އޮފް ދަ މެރިޓައިމް ސިލްކް ރޯޑް ފުޖިއަން ކަލްޗަރަލް އެންޑް ޓޫރިޒަމް ކޮމިއުނިކޭޝަން އިވެންޓްސް (މޯލްޑިވްސް)" ފެށުމެވެ.

އެ އެއާލައިނުން ބުނީ ފަސިންޖަރުންނަށް ޓްރާންސްފާގައި މަޑުކުރަން ނުޖެހި، ފުޖިއާނުން ސީދާ ރާއްޖެ އައުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމީ، ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.

މިއީ ފުޖިއާން އިން ރާއްޖެއަށް ކުރާ ފުރަތަމަ ސީދާ ފްލައިޓް ކަމަށާއި، މި ދަތުރުގައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއެކު މަރުހަބާ ކިއުމުގެ ގޮތުން "ވޯޓާ ސެލިއުޓް" ދިނުމާއި ރާއްޖޭގެ "ބޮޑުބެރު" މިއުޒިކް އޮންނާނެއެވެ.

The post ޝިއާމެން އެއާލައިންސްގެ ޗާޓަރު ދަތުރުތަކެއް ރާއްޖެއަށް ފަށަނީ first appeared on Feshun.mv.



More from Feshun.mv