ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޢަބްދުﷲ ޖާބިރަށް ދީފި

Mon, 13 Feb 2023 12:16 PM

View on this article on Feshun.mv

ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޢަބްދުﷲ ޖާބިރަށް ދީފި

ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޝްހޫރު ވިޔަފާރިވެރިޔާ، ހ.ތިމާވެށި ޢަބްދުﷲ ޖާބިރު ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަބްދުﷲ ޖާބިރަށް ހުއްދަ ދީފައިވަނީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް" އުފެއްދުމަށެވެ.

13 ފެބުރުވަރީ 2023 ވީ ހޯމަ ދުވަހު (މިއަދު) އިލެކްޝަންސް ކޮމިޝަނުގެ ބޭއްވި ރަސްމިއްޔާތެއްގައި އައު ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރުއަށް ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްއެވެ.

ޖާބިރު ލީޑަރުކުރަންކުރި ޑީ.އާރު.ޕީ އަށް މެންބަރުން ހަމަނުވެގެން އެ ޕާޓީ އުވާލަން އިލެކްޝަނުން ނިންމާފައިވާއިރު، ޖާބިރު ވަނީ އެ ޕާޓީން ވަކިވެފައެވެ.

ގްރީން ޕާޓީ އޮފް މޯލްޑިވްސް (ޖީޕީއެމް) އިން ސިޔާސީ މަސައްކަތްތަކާއެކު ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައްވެސް ކުރައްވާނެކަމަށް މީގެ ކުރިން ޖާބިރު ވިދާޅުވެފައިވެއެވެ.



More from Feshun.mv