ވީބީ ހަސަންގެ ކެންޑިޑަސީ ބާތިލުކޮށްފި

Thu, 28 Mar 2024 01:26 PM

View on this article on Dhuvas.mv

ވީބީ ހަސަންގެ ކެންޑިޑަސީ ބާތިލުކޮށްފި

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހެންވޭރު މެދު ދާއިރާއަށް ވާދަކޮށް ކެމްޕޭނު ކުރަމުންދިޔަ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެނޑިޑަސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.



ވީބީ ހަސަންގެ ކެނޑިޑަސީ އެ ކޯޓުން ބާތިލުކުރީ ޝަރުތުހަމަނުވާކަމަށްބުނެއެވެ. އެގޮތުން މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމައި، ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ހަސަން އަކީ ސާބިތު ދަރަންޏެއް އޮވެމެ ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުންދާ ފަރާތެއް ނޫން ކަމަށެވެ.

ހަސަންގެ ކެނޑިޑަސީ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައިވާއިރު ހަސަން އެންމެ ފުރަތަމަ ވާދަކުރީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައެވެ. ނަމަވެސް ޕްރައިމަރީގައި ޓިކެޓު ކަށަވަރު ނުވުމުން އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމާ ކެމްޕޭނު ކުރިއަށްގެންދިޔައެވެ.

ހަސަންގެ ކެނޑިޑަސީ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިހާރު އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މެންބަރު އަލީ އާޒިމްގެ ކޮއްކޮ، ހ. ކުއީން، އިލްޔާސް އަހްމަދެވެ.



More from Dhuvas.mv