މީޑިއާނެޓުގެ އޮޓޯ ރިނިއުވަލް ޕްރޮމޯޝަން ނިމުމަކާ ގާތަށް

Sat, 27 Apr 2024 09:14 PM

View on this article on Dhuvas.mv

މީޑިއާނެޓުގެ އޮޓޯ ރިނިއުވަލް ޕްރޮމޯޝަން ނިމުމަކާ ގާތަށް

މިއަހަރު ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު މީޑިއާނެޓުގެ ފަރާތުން އިއުލާން ކުރި އޮޓޯ ރިނިއުވަލް ޕްރޮމޯޝަން މިވަނީ ނިމުމަކާ ގާތްވެފައެވެ.



މީޑިއާނެޓުގެ އޮޓޯ ރިނިއުވަލް ޚިދުމަތަށް ރަޖިސްޓަރ ކޮށްގެން ގިނަ އިނާމު ތަކެއް ހުށަހަޅާފައިވާ މި ޕްރޮމޯޝަންގެ ދަށުން މި ޚިދުމަތަށް ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ އޭޕްރިލް މަހުގެ 30 ވަނަ ދުވަހެވެ.

އޮޓޯ ރިނިއުވަލް ޚިދުމަތަކީ މީޑިއާނެޓުގެ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި މުނިފޫހިފިލުވުން ޔަގީންކުރުމުގެ ގޮތުން އެފަރާތުން ތަޢާރަފްކޮށްފައިވާ ޚިދުމަތެކެވެ. މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުންވެސް ބަލާލެވެއެވެ.  ނަމަވެސް އެހެން ޚިދުމަތްތަކެކޭ އެއްފަދައިން އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ޚިދުމަތް މެދުކެނޑުމުގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާންނެތޭ ތަން އަންނަނީ މަދުފަހަރަކު ނޫނެވެ. ނަތީޖާއަކަށްވަނީ ފުޓުބޯޅަ މެޗެއްގެ ފޯރިގަދަ ވަގުތު ނުވަތަ ޑްރާމާ/ފިލްމެއްގެ އެންމެ ޝައުގުވެރި ވަގުތު ޚިދުމަތް މެދުކެނޑުމެވެ. މީޑިއާނެޓުގެ އޮޓޯ ރިނިއުވަލް ޚިދުމަތާއެކު ސަބްސްކްރިޕްޝަންގެ މުއްދަތު ހަމަވުމުން ކުރިއަށް އޮތް 30 ދުވަހަށް މި ޚިދުމަތް އާވެގެން ދެއެވެ.

މީޑިއާނެޓު އޮޓީ ރިނިއުވަލް ޚިދުމަތަށް ރަޖިސްޓަރ ކުރުން ވަރަށް ފަސޭހައެވެ.

  • މީޑިއާނެޓުގެ ކުއިކްޕޭ ޕޯރޓަލް https://my.medianet.mv/ އަށް ޒިޔާރަތްކޮށް އެފަރާތެއްގެ މީޑިއާނެޓު އެކައުންޓާއި ބެހޭ މައުލޫމާތު ޖައްސަވާ
  • މިވަގުތު ސަބްސްކްރައިބް ކޮށްފައިވާ ޕެކޭޖާއެކު ކުރިއަށް ދިއުމަށް ނުވަތަ އައު ޕެކޭޖަކާއެކު ކުރިއަށް ދިއުމަށް އިޚްތިޔާރުކުރައްވާ
  • “Save my card and auto renew my subscription” އަދި “I have read and agree with Medianet terms of use” ގައި ހެޔޮފާހަގަ ޖައްސަވާ
  • އީ މެއިލް އެޑްރެސް ޖެއްސުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ލިބިލައްވާ އޯޓީޕީ ޖައްސަވާ
  • ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ އިން ފައިސާ ދައްކަވާ

30 އޭޕްރިލްގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން މުއްދަތު ތެރޭގައި އޮޓޯ ރިނިއުވަލް ޚިދުމަތައް ރަޖިސްޓަރ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 03 ފަރާތަކަށް ޚާއްސަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެއީ:

  • ފުރަތަމަ އިނާމް: 1 އަހަރުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
  • ދެވަނަ އިނާމް: 6 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)
  • ތިންވަނަ އިނާމް: 3 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

މި ޕްރޮމޯޝަން އަދި އޮޓޯ ރިނިއުވަލް ޚިދުމަތާ ބެހޭ މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މީޑިއާނެޓުގެ ކަސްޓަމަރ ކެއަރ ނަމްބަރު 3320800 އަށް ގުޅާލުމުން މީޑިއާނެޓުގެ ފަރާތުން މައުލޫމާތު ޙިއްސާ ކުރާނެއެވެ. ޒަމާނުއްސުރެން މީޑިއާނެޓުން އަންނަނީ ދިވެހިންނާއި ހަމައަށް މުނިފޫހިފިލުވަނިވި ޕްރޮގްރާމްތަކެއް ގެނެސްދެމުންނެވެ. އަދި ވީޑިއޯކްލަބް ޚިދުމަތް މެދުވެރިކޮށް ގިނަ ދިވެހި އަމިއްލަ އުފެއްދުންތަކެއްވެސް މީޑިއާނެޓުން އަންނަނީ ޓީވީ އަދި މޯބައިލް ސްކްރީންތަކާ ހަމައަށް ގެނެސްދެމުންނެވެ.



More from Dhuvas.mv