ރައީސް ޑރ. މުޢިއްޒު ކަހަލަ ވެރިއެއް މަދުން ނޫނީ ގައުމަކަށް ނުލިބޭނެ: އަދުރޭ

Sat, 27 Apr 2024 01:55 PM

View on this article on Dhuvas.mv

ރައީސް ޑރ. މުޢިއްޒު ކަހަލަ ވެރިއެއް މަދުން ނޫނީ ގައުމަކަށް ނުލިބޭނެ: އަދުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުމުއިއްޒު ކަހަލަ ވެރިއަކު މަދުން ނޫނީ ޤައުމަކަށް ނުލިބޭ ކަމުގައި ސީނިއަރ މިނިސްޓަރު އަދި ރައީސްގެ ޚާއްޞަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެވެ.



ރައްޔިތުން މަޖިލިސް އިންތިހާބުގައި، ޕީއެންސީއަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް،  ފޮނަދޫގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް މުޢިއްޒަކީ ތަޖުރިބާ ހުރި ގާބިލް ބޭފުޅެއް ކަމަށްށާއި، ރައްޔިތުންގެ ކަންކަން ކޮށްދެއްވުމުގައި އިހުލާސްތެރި ނިޔަތެއް ހުރި ބޭފުޅެއް ކަމަށެވެ.

ފޮނަދޫގައި ބޭއްވުނު މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވެފައިވަނީ ފޮނަދޫގެ ރައްޔިތުންގެ ހުވަފެންތަކާއި އުންމީދުތަކުގައި ކުލަ ޖެއްސުމަށް ލިބިފައި މިވާ ފުރުސަތުގައި ސަރުކާރާއި ގުޅިގެން ކުރިޔަށް ދިޔުމަށް އެދިލައްކާ ކަމަށާއި އަދި ފޮނަދޫ ރައްޔިތުންނަށް ވުރެން ބޮޑަށް ރައީސް މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ އެހެން ރަށެއް އޮތް ކަމަށް އެ މަނިކުފާނު ގަބޫލު ނުކުރައްވާކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވެފައިވަނީ، ދައުލަތް ހިގަމުންދާތާ އެތަށް އަހަރެއް ވެފައިވާއިރުވެސް ފޮނަދޫގެ ބޭފުޅަކު ސަރުކާރުގެ ކެބިނޭޓުގައި ހިމެނިވަޑައިގަނެފައި ނުވާ ކަމަށާއި  އެހެން ނަމަވެސް ލ.އަތޮޅުގެ ސިޔާސީ ތާރީހު ބަދަލުކޮށް ރާއްޖޭގެ އެންމެ މަތީ ފަޑިން އެ އަތޮޅު މީހުންނަށް ރައީސް މުޢިއްޒު ވަނީ ފުރުސަތު ހޯދައިދެއްވާފައިވާކަމަށެވެ.

މިވަގުތު ހައްދުން މަތީގެ ދެ ބޭފުޅަކު ކެބިނޭޓުގައި ހިމެނިވަޑައިގަންނަވާއިރު، އޭގެތެރެއިން އެއް ބޭފުޅަކީ އަބްދުއްރަހީމްގެ ދަރިކަލުން، ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލެވެ. އަދި ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގާއަކީވެސް ފޮނަދުއަށް ނިސްބަތްވާ ބޭފުޅެކެވެ. މީގެ އިތުރުން 20 ވަނަ މަޖިލީހުގެ ފޮނަދޫ ދާއިރާ އަބްދުއްރަހީމް އަބްދުﷲ ކާމިޔާބު ކުރައްވާފައިވާއިރު ފެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އާދަމް ޒާހިރަކީވެސް ލ. ފޮނަދުއަށް ނިސްބަތްވާ ބޭފުޅެކެވެ.



More from Dhuvas.mv