'ފާޅުވަމުންދާ ޤިޔާމަތުގެ ޢަލާމާތްތައް ޤުރްއާނާއި ސުންނަތުގެ އަލީގައި' މިނަމުގައި އައި.ޔޫ.އެމްއިން ފޯރަމެއް ބާއްވަނީ

Mon, 27 Feb 2023 09:55 PM

View on this article on DhiIslam

'ފާޅުވަމުންދާ ޤިޔާމަތުގެ ޢަލާމާތްތައް ޤުރްއާނާއި ސުންނަތުގެ އަލީގައި' މިނަމުގައި އައި.ޔޫ.އެމްއިން ފޯރަމެއް ބާއްވަނީ

'ފާޅުވަމުންދާ ޤިިޔާމަތުގެ ޢަލާމާތްތައް، ޤުރްއާނާއި ސުންނަތުގެ އަލީގަައި' މި މަޢުޟޫޢަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ފޯރަމެއް ބާއްވަން ނިންމައިފިއެވެ.



މިފޯރަމަކީ އައި.ޔޫ.އެމްގެ ފެކަލްޓީ އޮފް  ޤުރްއާން އެންޑް ސުންނާއިން އިންތިޒާމްކޮށްގެން ބާއްވާ ޢިލްމީ ފޯރަމެކެވެ. ޢާންމުންނަށް ހުޅުވާލެވިފައިވާ މިފޯރަމް ހުށަހަޅުއްވައިދެއްވާނީ އައި.ޔޫ.އެމްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ލެކްޗަރަރ އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިން ( ޢަޒީބެ ) އެވެ.

މިފޯރަމުގައި މަޢުޟޫޢަށް އިންސާފުކޮށް މަޢުލޫމާތު ދެއްވުމަށްޓަކައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ނަޝީދު އާދަމްއާއި އެމް.އެން.ޔޫގެ ޝަރީޢާ އެންޑް ލޯ ފެކަލްޓީގެ ލެކްޗަރަރ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ބައިވެރިވަޑައިގަންނާނެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އަރޓްސްގެ ލެކްޗަރަރ ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމްގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޖެނަރަލް މެނޭޖަރ އުސްތާޒް އާދަމް ނަޞީރު ޙުސައިންވެސް ބައިވެރިވަޑައިގަންނަވާނެއެވެ.

ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިފެށޭ މަރޗް މަހުގެ އެއްވަނަ ދުވަހުގެރޭ 20:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.



More from DhiIslam