އަޟްޙާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Thu, 25 Apr 2024 02:29 PM

View on this article on DhiDaily

އަޟްޙާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާގުޅިގެން މިއަހަރުގެ އަޟްޙާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.



މިނިސްޓްރީން މިއަދު ބުނީ ހުށަހަޅުއްވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކައުންސިލުން ކުރައްވާނެ ޚަރަދުތަކާއި އަދި އަގެއް ނުނަންގަވާ އެ ރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ފަރާތުން މިއަހަރު އަޟްޙާ އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށާއި މިގޮތުން ތިން ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލެއް ހުށަހަޅުއްވާ ތިން ރަށެއް ކަމަށެވެ.

އެހެންކަމުން އެއްވެސް ރަށަކުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންވާނަމަ އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރު ކުރެއްވުމަށްފަހު 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯޒަލް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

އީމެއިލް ކުރާނީ [email protected] އަށެވެ.

މިކަމުގައި މިނިސްޓްރީގެ ފަރާތުން ވިލަރެސް ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޢައްބާސް މުޙައްމަދު ( ފޯނު ނަންބަރު 7699595 ) އެވެ.



More from DhiDaily