ބ.ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފި

Sun, 05 May 2024 04:09 PM

View on this article on DhiDaily

ބ.ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފި

ބ.ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފިއެވެ.



މި ރަށް ހަވާލުކުރީ ބ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފިނޮޅުތައް 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މއ.ފްރީޕާކް މުހްދިން އާމިރު (777813) އާއެވެ.

ބ.އަތޮޅު ކައުންސިލުން ބުނީ 01 މެއި 2024 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް އޭނާއާ ބ.ވިލިގިލިފަރު ފިނޮޅު ހަވާލުކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ވިލިގިނލިފަރު ފިނޮޅަށް އެރުމާއި ބޭނުންކުރަންވާނީ އެ ފަރާތުގެ ހުއްދަ ހޯދުމަށްފަހުކަމަށް ބ.އަތޮޅު ކައުންސިލުން ވަނީ އަންގާފައެވެ.



More from DhiDaily