ކުޅުދުއްފުށީ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

Sun, 05 May 2024 02:59 PM

View on this article on DhiDaily

ކުޅުދުއްފުށީ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.



އެމްއެންޑީއެފްއިން ބުނީ އެ ރަށު ”ގޮންބުލިމާގެ“ ބަދިގޭގައި ރޯވިކަމުގެ މައުލޫމާތު ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. އެގޮތުން
ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، ކުރި މަސައްކަތުން އަލިފާން ނިއްވާލައިފައިވަނީ 10:40 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެ ގޭގެ ބަދިގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.



More from DhiDaily