ރޭ ފަރަށް އެރި ބޯޓު ފުންކޮށްފި

Sun, 05 May 2024 02:59 PM

View on this article on DhiDaily

ރޭ ފަރަށް އެރި ބޯޓު ފުންކޮށްފި

ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަނިކޮށް ރޭ ފަރަށް އެރި ބޯޓު ފުންކޮށްފިއެވެ.



ފަރަށް އަރާފައިވަނީ މުދާ ބަރުކޮށްގެން، 16 މީހުންނާ އެކު މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ”ރޯޝަނީ“ ބޯޓެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ”ރޯޝަނީ“ ބޯޓް މިއަދު 11:10 ހާއިރު ފުންކުރެވިފައިވާ ކަމަށެވެ.

މި ބޯޓް ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާއެކު ބޯޓުގެ ފަޅުވެރިން ހަރަކާތްތެރިވެފަައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލުމާތުދެއެވެ.

މި ހާދިސާގައި ބޯޓަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.



More from DhiDaily